Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

އެމްޑީޕީ އޮފީހުގައި މާރާމާރި ހިންގުން ބަލައެއް ނުގަނެވޭނެ: ރައީސް ނަޝީދު

މާރާމާރީގައި އަނިޔާވި ފަރާތް ހޮސްޕިޓަލަށް ގެންދަނީ-- ފޮޓޯ: ސޯޝަލްމީޑިއާ

މޯލްޑީވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އޮފީހުގައި މާރާމާރި ހިންގުން ބަލައި ނުގަނެވޭނެކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ ކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، އެކަންކުރި މީހުން ހައްޔަރުކޮށް އަނިޔާއާއި ގެއްލުންވި ފަރާތްތަކަށް އިންސާފު ލިބެންޖެހޭކަމަށެވެ.

އެމްޑީޕީ އޮފީހުގައި ހިންގި މާރާމާރިއެއްގައި އަނިޔާވެފައިވަނީ އެމްޑީޕީ އޮފީހުގައި އިދާރީ މުވައްޒަފެެއްގެ ގޮތުން މަސައްކަތް ކުރަމުން އަންނަ މެންބަރު މީކާއިލް ނަސީމްގެ މަންމަ، މަންދީ ޒުބައިރަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާ ދިނުމުގެ ސަބަބުން މަންދީގެ ބޯ ފަޅައިގެން ގޮސްފައިވެއެވެ. އަދި އޭނާއަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނެފައިވަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.