ކޮވިޑް-19 އާ ގުޅިގެން މިވަގުތު 23 ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މިއަދު މިހާތަނަށް ދެ ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމަށެވެ. އެއީ އައްޑޫސިޓީ ހުޅުމީދޫއާއި ރަސްމާދޫއެވެ.
މީގެ އިތުރުން މޮނިޓަރިންގައި ހުރި ރަށްރަށަކީ ރ. ދުވާފަރު، އއ. ހިމަންދޫ، އދ. ހަންޏާމީދޫ، މ. މަޑުއްވަރި، ކ. ގާފަރު، ފުވައްމުލަކުސިޓީ، ގދ. މަޑަވެލި، ތ. ވޭމަންޑޫ، ލ. މުންޑޫ، ށ. މިލަންދޫ، އދ. މަހިބަދޫ، ވ. ތިނަދޫ، ށ. ކަނޑިތީމު، ހދ. ނޮޅިވަރަން، މ. ވޭވަށް، އައްޑޫ ހިތަދޫ، އައްޑޫ މަރަދޫ، އައްޑޫ މަރަދޫފޭދޫ، އައްޑޫ ފޭދޫ، ހދ. ނޮޅިވަރަންފަރު އަދި ރ. މަޑުއްވަރިއެވެ.
ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 81،653 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1966 ކޭސް އެވެ. މި ބަލިން 79،448 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 25 މީހަކަށެވެ. މި ބަލީގައި 226 މީހަކު ވަނީ ނިޔާވެފައެވެ.