Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ޕީޕީއެމް ޖަލްސާގައި އިންޑިއާއަށް ފާޑުކިޔުމުން ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިދިކޮޅު ޕީޕީއެމުން ބާއްވާ ޖަލްސާތަކުގައި އިންޑިއާއަށް ކުޑައިމީސް ބަސް ރައްދުކުރުމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައިސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި އަވައްޓެރި ގައުމުތަކަށް ނިސްބަތްކޮށް ކުޑައިމީސް ބަސްތަކުން ވާހަކަ ދެއްކުމަކީ ކަންބޮޑުވުން އިތުރުވާކަމެއްކަމަށެވެ.

އިންޑިއާއަކީ ޒަމާނުއްސުރެއް ރާއްޖެއަށް އެންމެ އެހީތެރިވާ ގައުމުކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ ކަނޑުގެ ސުލްހަ ބެލެހެއްޓުމުގައި ވެސް އެންމެ އިސް ދައުރެއް ކުޅޭ ގައުމަކީ އިންޑިއާކަމަށެވެ.

ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި އިންޑިއާއަށް ނުހަނު ބޮޑަށް ފާޑުކިޔާފައިވެއެވެ. އެގޮތުން އިންޑިއާއިން ދިވެހިން އަޅުވެތި ކުރާނެކަމަށް ބުނެ އިންޑިއާއަށް އަދި އިންޑިއާގެ އެހިތެރިކަމާއެކު ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތަކަށް ފާޑުކިޔާފައިވެއެވެ.