Last Updated: June 25, 23:09
Thursday, June 25, 2026
ޚަބަރު

ގްރޭޑް 1 ގެ ޤުރުއާން ފޮތުގައި ސޫރަތެއް ނުބައިކޮށް އޮތް މައްސަލައެއް

ގްރޭޑް އެކެއްގެ ޤުރުއާން ފޮތުގައި ސޫރަތެއް ނުބައިކޮށް އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.

ނުބައިކޮށް އޮތީ ސޫރަތުލް ނަބާގެ 24 ވަނަ އާޔަތުގެ މެދު ތެރެއިން ފެށިގެންނެވެ. އެ ހިސާބާ ގުޅިފައި އޮތީ ނާޒިއާތް ސޫރަތުގެ 8 ވަނަ އާޔަތުން 14 ވަނަ އާޔަތާ ހިސާބަށެވެ.

މިކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ސޯޝަލްމީޑިއާގައި އަންނަނީ ފާޅުކުރަމުންނެވެ.

މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާއިރު އެ މިނިސްޓްރީން އަދި ރަސްމީ ބަހެއް ބުނެފައެއްނުވެއެވެ.