Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު ރައީސް ނަޝީދު

ރައީސް ނަޝީދު މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

މިދިޔަ މެއި މަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓްހަމަލާއަށްފަހު ފުރަތަމަ ފަހަރަށް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ގޮތައް ހަމަޖައްސަވައިފި އެވެ.

ރާއްޖެއިން ބޭރުގައި ހުންނަވައިގެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުން ބާއްވަން ހަމަ ޖައްސާފައިވަނީ މިއަދު މެންދުރު ފަހު 12.15ގައި އެވެ. ރައީސްް ނަޝީދަށް ދިން ޓެރަރިޒަމްގެ ހަމަލާއަށްފަހު އެމަނިކުފާނު ގެންދަވަނީ ރާއްޖެއިން ބޭރުގައި ހުންނަވައިގެން ވެސް ރާއްޖޭ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

އަދި އޭގެ އިތުރުން ރައީސް ނަޝީދަށް އާއްމުން ސުވާލުކުރުމަށް ފުރުސަތު ލިބެދޭ ގޮތައް ރައްޔިތުންގެ މަޖިލީހުން އިންތިޒާމްކޮށްގެން ގެނެސްދޭ ޕްރޮގުރާމެއްގައި އެމަނިކުފާނު ވަނީ ބައިވެރިވަޑައިގެންފައި އެވެ. އަދި އެހެންމެ އާއްްމުން ހިމެނޭ ކްލަބު ހައުސްއިންގެ ގުރޫޕެއްގައި ވެސް އެމަނިކުފާނު ބައިވެރިވަޑައިގެންފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށްފަހު ރައީސް ނަޝީދު ވިދާޅުވަމުން ގެންދަނީ އެފަދަ ހަމަލާއެއް ތަކުރާރުނުވާނެ ކަމުގެ ޔަގީންކަން ނުލިބެނީސް އެނބުރި ރާއްޖެވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާ ކަމަށެވެ.