ގެއްލިގެން ރިޕޯޓްކޮށްފައިއޮތް މާސްޓަރ ކާޑަކުން ވިޔަފާރި ކުރި މައްސަލައެއްގައި ފުލުހުން ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ 2021 އޭޕްރީލް 1 ވަނަ ދުވަހުގެ ވަގުތެއްގައި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މާސްޓަރ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ދެ މީހަކު ހޯދަމުން އަންނަކަމަށެވެ.
ވީމާ މިދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 483699 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.