Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ހެއްކާބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ

"ހެއްކާބެހޭ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީއެވެ.

މި ބިލުގައި ވަނީ ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކިބަސް ނެގުމާއި، ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައަޅާފައެވެ.

މީގެއިތުރުން މި ބިލުގައި މަދަނީ މައްސަލަތަކުގައާއި ޖިނާއީ މައްސަލަތަކުގައާއި އިސްލާމްދީނުގައި ހައްދު އަދި ޤިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައް ކަނޑައަޅާފައިވެއެވެ.

ހެއްކާބެހޭ ބިލުގައި ހެކި ހުށަހެޅުމަކާ ނުލައި، ސާބިތުވެގެންވާ ކަންކަމުގެ ގޮތުގައި ކޯޓުން ބަލައިގަންނާނެ ކަންކަން ބަޔާންކޮށްފައިވާއިރު ހެކީގެ ގޮތުގައި ހުށަނޭޅޭނެ، އިމްތިޔާޒު ލިބިގެންވާ ކަންކަން ބަޔާންކޮށްފައިވެއެވެ. އަދި އެނޫންވެސް ހެއްކާބެހޭ އާންމު އުސޫލުތައް ވެސް ކަނޑައަޅާފައިވެއެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުން ގެންދާ 1976 ގެ 7 މާއްދާގެ މައްޗަށް އެކުލެވޭ ހެއްކާބެހޭ ޤާނޫނެކެވެ.