Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އާސިފް އައްޔަނުކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

އިލެކްޝަން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް މުހައްމަދު އާސިފް އައްޔަނު ކުރައްވައިފިއެވެ.

އާފިސް އީސީގެ މެމްބަރު ކަމަށް އައްޔަނު ކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ އޮގަސްޓް 30 ވަނަ ދުވަހުއެވެ.

އީސީގެ މެމްބަރުކަމުގެ ހުވާ ކުރައްވާ އެ ލިޔުން ހަވާލުކުރައްވާފައިވަނީ މިއަދު ރައިސް އޮފީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައެވެ.

އާސިފަކީ މީގެކުރިން އިލެކްޝަންސް ކޮމިޝަނުގެ ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމާއި އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

އީސީގެ މެމްބަރުކަމުގެ މަގާމު ހުސްވީ އެކޮމިޝަނުގެ މެމްބަރު އަދި ރައީސްގެ މަޤާމުގައި ހުންނެވި އަހުމަދު ޝަރީފް އިސްތިއުފާ ދެއްވުމުންނެވެ.