Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

ށ. އަދި ރ. އަތޮޅަށް ރައީސް ވަޑައިގަންނަވަނީ

ފޮޓޯ: ރައީސް އޮފީސް

ށ. އަދި ރ. އަތޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ސޯލިހް ށ. އަދި ރ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ފައްޓަވާނީ މާދަމާ ކަމަށެވެ.

އެގޮތުން މިދަތުރުގައި ށ. ފުނަދޫ، ށ. ޅައިމަގު، ށ. ފޯކައިދޫ އަދި ށ. މާއުނގޫދޫއަށް ރައީސް ސޯލިހް ދަތުރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި ރ. ވާދޫ، ރ. އަލިފުށި، ރ. ރަސްގަތީމު އަދި ރ. އަނގޮޅިތީމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

ރ. އަދި ށ. އަތޮޅަށް ރައިސް ދަތުރުކުރައްވަން ހަމަޖެހިފައިވާއިރު ރ. އަލިފުށީ ގައި އެއާޕޯޓެއް އެޅުމަށް ކުއްލިއަކަށް ނިންމިކަމަށްބުނެ އެކަމުގައި ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރައީސް ސޯލިހް މިފަހުން ވަނީ ހއ. ހދ. އަދި ތ. އަތޮޅަސް ދަތުރުކުރައްވާފައެވެ.