Last Updated: June 25, 20:21
Thursday, June 25, 2026
ޚަބަރު

އަލިފުށީ ފަޅުގައި ރިސޯޓް ތަރައްގީ ކުރުމަށް ހުޅުވާލަނީ

ރ. އަލިފުށީ ފަޅުގައި ރިސޯޓް ތަރައްގީ ކުރުމަށް އަންނަ މަހު ހުޅުވާލާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމް މިފަދައިން ވިދާޅުވެފައިވަނީ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ލިޔުމުން ޖަވާބު ހޯދުމަށް ފޮނުވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

އެގޮތުން މެމްބަރު ހަސަން ސުވާލު ކުރައްވާފައިވަނީ އަލިފުށި ހިއްކައިގެން އަޅަން ހަމަޖެހިފައިވާ ޓޫރިސްޓު ރިޒޯޓުގެ މަސައްކަތް ފެށޭނެ ތާރީހާއި ގުޅޭ ގޮތުންނެވެ.

އެ ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުން މިނިސްޓަރު މައުސޫމް ވިދާޅުވެފައިވަނީ އަލިފުށީ ފަޅުގައި ހިއްކުމަށް ހަމަޖެހިފައިވާ 10 ހެކްޓަރާއި އެކު ރ. އެއްތިގިލި ފަތުރުވެރިކަން ތަރައްގީކުރުމަށް އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ހުޅުވާލެވޭ ބީލަމުގައި އިއުލާނުކުރެވިގެންދާނެ ކަމަށެވެ.

އަލިފުށީ ފަޅުގައި ރިސޯޓެއް ތަރައްޤީ ކުރާއިރު އަލިފުށީގައި އެއާޕޯޓެއް އެޅުމަށް ވަނީ އެމްޓީސީސީއާވެސް ހަވާލުކޮށްފައެވެ.