ދަރިންގެ އިސްލާމީ އަގީދާ ފަސާދަކުރަމުން ދާކަމުގެ ހެކިތައް ފެންނަކަމަށް ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވެއްޖެއެވެ.
އުގައިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތައުލީމު ދިނުމުގެ ނަމުގައި ދިވެހި ކުދި ދަރިންގެ އިސްލާމީ އަގީދާ ފާސިދުކުރަމުން ދާކަމުގެ ހެކިތައް ފެންނަމުންދާކަމަށެވެ.
އެއްވެސް ހާލެއްގައި އެކަމަށް ޖާގަ ދެވިގެން ނުވާނެކަމަށާއި، އެކަމުގެ ސަބަބުން ޖީލުތައް ހަލާކުވާނެކަމަށް އުގައިލް ވިދާޅުވިއެވެ.
އަމިއްލަ ސަލާމަތާ މެދު އަމިއްލަ ސިކުނޑިން ވިސްނަމާތޯ އެވެ! pic.twitter.com/p9c6eron9j
— Professor Ugail (@ugail) September 7, 2021
އުގައިލް މިފަދައިން ވިދާޅުވެފައިވަނީ ޤުރުއާން އަދި އިސްލާމް ބައެއް ފޮތްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތައް ނުބައިކޮށް ހުރިކަން ހާމަވެފައިވާ ދަނޑިވަޅެއްގައެވެ.