ކޮލިފިކޭޝަންސް ރިކޮގްނިޝަންއާ ގުޅޭ ޕަބްލިކް ވެބިނަރއެއް ބޭއްވުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ނިންމައިފިއެވެ.
ސަނަދުގެ ފެންވަރު ބެލުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ މި ވެބިނާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވާ އާދިއްތަ ދުވަހުއެވެ.
މިވެބިނަރގައި ކޮލިފިކޭޝަންސް ރިކޮގްނިޝަން ގެ މަސައްކަތް ކުރިއަށް ދާ ގޮތާއި މި މަސައްކަތުގައި ދިމާވާ ދަތިތަކާ ގޮންޖެހުންތަކާއި ސައްޙަ ނޫން ސަނަދުތަކާ ގުޅޭ ގޮތުން މަޢުލޫމާތު ދެވޭނެކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.
ގޫގުލް މީޓް މެދިވެރިކޮށް ބާއްވާ މި ވެބިނަރ ގައި ބައިވެރިވުމަށް https://form.jotform.com/212471282189054 ގައިވާ ފޯމުން ރެޖިސްޓަރ ކުރުމުން، މި ވެބިނަރ ގައި ބައިވެރިވުމުގެ ފުރުޞަތު ކޮންމެ ފަރާތަކަށް ވެސް ލިބިގެންދާނެކަމަށް މައުލޫމާތުދީފައިވެއެވެ.