Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

ފިޔަވަތި އަދި ކުޑަކުދިންގެ ހިޔާގެ މައްސަލަ މަޖިލީހަށް

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި" - ފޮޓޯ: ސަން

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ ފިޔަވަތި އަދި ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރެވެ.

ޒަރީރު ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާތަކެއް ހިންގާފައިވާކަމަށާއި، އަދި ކުދިން ނުބެލެހެއްޓީ އެތަނުން ފިލާކަމުގެ ޝަކުވާތަކެއް ލިބޭކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ފިޔަވަތީގައި ކުދިންތަކެއް ރޯއަޑުއިވި ރައްޔިތުންތަކެއް އެއްވެފައިވާތީ އެކަންކަން ބަލައިދިނުމަށް އެދި މައްސަލަ ހުށަހަޅާކަމަށެވެ.

މި މައްސަލަ ދިރާސާ ކުރުމަށް ވަނީ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުވާފައެވެ.