Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

ބޯހިޔާވަހިކަން ހައްލުކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ނުފުއްދާ މައްސަލަ މަޖިލީހަށް

މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުގައާއި، ކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިހްތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާވަރުގެ ގޯއްޗެއް ފޯރުވައިދޭނެކަމަށް ސަރުކާރުން ވެފައިވާ ވައުދު ނުފުއްދާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އެވެ.

ބޮންޑޭ ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ގޯތިގެދޮރުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަކީ 2018 ގެ އެމްޑީޕީގެ މެނިފެސްޓޯ އަދި ސަރުކާރުގެ އެސްއޭޕީގައި ހިމެނޭ ސިޔާސަތުތަކުގައިވާކަމަށެވެ.

އެގޮތުން ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުކޮޅުގައާއި، ކުދިކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިޚްތިޔާރުކުރާ އެހެންތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުވައިދިނުމަށާއި، މާލޭގައި އެކަށީގެންވާ ވަރުގެ ބިމެއް އޮވެ، ޢިމާރާތްކުރާނެ ތަނަވަސްކަން ނެތިފައިވާ ޢާއިލާތައް ދެނެގަނެ، އެފަރާތްތަކަށް ލުއިފަސޭހަކޮށް ގެ އިމާރާތްކުރެވޭނެ މަގު ހޯދައިދިނުމަށް އަދި ލުއިފަސޭހަކޮށް ގެ ޢިމާރާތްކުރެވޭނެ މަގު ހޯދައިދިނުމުގައި އެކަނިވެރި މައިންނަށް އިސްކަންދިނުމަށް ވެފައިވާ ވައުދު ފުއްދުމަށް ގޮވާލާ ކަމަށެވެ.