Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

އޮސްޓްރިއާ ސަރުކާރުގެ އިސް ބޭފުޅުންނާ މިނިސްޓަރު ޝާހިދު ބައްދަލުކުރައްވައިފި

އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި އޮތް ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންގެ 5 ވަނަ ބައްދަލުވުމުގައި ޚާއްސަ މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޮސްޓްރިއާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިނިސްޓަރު ޝާހިދު އޮސްޓްރިއާގެ ޗާންސެލަރ ސެބާސްޓިއަން ކަރޒް އާއި ބައްދަލުކުރައްވައި، އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތުގައި އިސްކަން ދެއްވާނެ ދާއިރާތަކާ ބެހޭ މައުލޫމާތު އެރުވިއެވެ.

މީގެއިތުރުން އޮސްޓްރިއާގެ ފޮރިން މިނިސްޓަރ އެލެގްޒެންޑަރ ޝެލެންބަރގް، އޮސްޓްރިއާގެ ދިފާއީ ވަޒީރު ކްލައުޑިއާ ޓެނަރއާއި ވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ.

ވިއެނާއަށް ކުރައްވާ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ވިއެނާގައި ހުންނަ އދގެ މަރުކަޒުގެ އިސްވެރިންނާއި، އަދި ވިއެނާގައި މައި އޮފީސް ޤާއިމްކޮށްފައިވާ އދގެ އިދާރާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ.