Last Updated: June 25, 18:03
Thursday, June 25, 2026
ޚަބަރު

އަލިފުށި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރު ފަހު ކުއާޓާގައި ފެށޭނެ: މިނިސްޓަރު ނަސީމު

ރ. އަލިފުށީގައި އަޅާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރު ފަހު ކުއާޓާގައި ފެށޭނެކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ނަސީމް މިފަދައިން ވިދާޅުވެފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) ކުރެއްވި ސުވާލަކަށް ލިޔުމުން ދއްވި ޖަވާބުގައެވެ.

އެގޮތުން މިނިސްޓަރު ނަސީމު ވިދާޅުވީ އަލިފުށީގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލުގެ ކުރެހުންތަކާއި ބިލް އޮފް ކުއަންޓިޓީ މިހާރު ނިމިފައިވާކަމަށެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް ޔޫއެސްޕީ މޮޑެލްގެ ދަށުން ކުރިއަށްގެންދިއުމަށްޓަކައި ރާއްޖެއިން ބޭރުގެ ކޮންޓްރެކްޓާއެއް ހޮވައި އެފަރާތާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރަންޖެހޭ ފްރޭމްވޯކް އެގްރީމަންޓްގައި 30 ޖޫން 2021ގައި ސޮއިކޮށް މިހާރު ކުރެވެމުންދަނީ ދެ ފަރާތުގެ ދެމެދުގައި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މި ޕްރޮކެޖްޓުގެ އަމަލީ މަސައްކަތް މިއަހަރުގެ ފަހު ކުއާޓަރުގައި ފެށުމަށް ޕްލޭން ކޮށްފައިވާކަމަށްވެސް މިނިސްޓަރު ނަސީމް ލިޔުމުން ފޮނުވާފައިވާ ޖަވާބުގައިވެއެވެ.