Last Updated: May 14, 13:56
Wednesday, May 14, 2025
ޚަބަރު

މުސާރައިގެ މައްސަަލައިގައި މޯލްޑިވިއަންގެ ޕައިލެޓުން ވަކިވަނީ؟!

މަސައްކަތާއެއްވަރުގެ މުސާރައެއް ނުލިބޭ މައްސަލައިގައި މޯލްޑިވިއަންގެ ސީޕްލޭންގެ ޕައިލެޓުން ވަޒީފާއިން ވަކިވަމުންދާ ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމާހުރެ ސީފްލައިން ޕައިލެޓުންގެ މުސާރަ ވަނީ ކުޑަކޮށްފައި އެވެ. ޕްއިލެޓުންގެ އެއް ކަންބޮޑުވުމަކީ ކުޑަކުރި މުސާރަ އަދިވެސް ޕައިލެޓުންނަށް ރުޖޫއަ ނުކުރެ އެވެ.

މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަންސް މޫސާ ވަސީމް އައްޑޫލައިވްއަށް ވިދާޅުވީ އެއްފަހަރާ ޕްލައިލެޓުންތަކެއް ވަކިވި ކަމަށް ދެކޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި ނަމަވެސް އެކި ދުވަސްތަކުގެ މަތިން ޕައިލެޓުންތަކެއް ވަކިވެެއްޖެ ކަމަށެވެ.
އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް މޯލްޑިވިއަންއިން އިތުރަށް ދީފައިއެއްނުވެ އެވެ.