ފެންކުޅިކުޅުމާއި ސިޔާސީ އެއްވުމެއްގައި ދިދަ ހޫރުވުން ތަފާތު ކަމަށް ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިފަދައިން ވިދާޅުވެފައިވަނީ ޕީޕީއެމުން އިއްޔަ ބޭއްވި އެއްވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭގައި ހުންނަވާ ދިދަ ހޫރުވުމުން ފިޔަވަޅު އަޅާނެކަމަށް ބުނެފައިވާތީ އެކަމަށް ރައްދެއްގެ ގޮތުގައި ރައީސް ޔާމީންގެ ސަޕޯޓަރުން، އަދަލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ގޭބަންދުގައި ހުންނެވިއިރު އީދު ދުވަހު ފެންކުޅުމުގެ ހަރަކާތުގައި ބައިވެރިވެފައިވާކަން ފާހަގަކުރަން ފެށުމުންނެވެ.
އެގޮތުން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިދަ ހޫރުވުމަކީ އެއްވުމަށް ޖޯޝްދީ ބައިވެރިވުންކަމަށެވެ.
"އަޅުގަނޑު ނޭދެން އެއްވެސް ބޭފުޅަކަށް ފިޔަވަޅެއް އަޅާކަށް." ޒައިދުގެ ޓްވީޓްގައިވެއެވެ.
ޒައިދު ވިދާޅުވެފައިވަނީ ފެންކުޅިކުޅުމާއި ސިޔާސީ އެއްވުމެއްގައި ދިދަ ހޫރުވުމަކީ ތަފާތު ކަމެއްކަމަށެވެ.
Fenkulhi aa siyaasy ehvumeh gai p dhidha hooruvumaa thafaath dehthoa. Dhidha aky ehvumah Josh dhehvumeh. Baiverivumeh. Alhugandu neyden eves beyfulhakah fiyavalheh alhaakah. Namaves fen kulhi kulhumaa siyaasy ehvumakah dhidha hooru vumaa thafaath v maa evaahaka hissaakolly.😊
— Ali Zaid (@alizaid1000) September 11, 2021
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި އިހުތިޖާޖުގައި ބައިވެރިވެ ދިދަ ހުރުވާފައިވާއިރު ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ ޔާމީން މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށާއި އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނެ ކަމަށެވެ.