Last Updated: March 29, 09:42
Friday, March 29, 2024
ކުޅިވަރު

18 އަހަރުގެ އެމާ ޔޫއެސް އޯޕަން ކާމިޔާބުކޮށްފި

އުމުރުން 18 އަހަރުގެ އިނގިރޭސި ޓެނިސް ތަރި އެމާ ރަޑުކާނޫ އެމެރިކާގައި މިހާރު ކުރިއަށްދާ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެމާ ހޯދީ ރޭ ފައިނަލްގައި ކެނެޑާގެ ލޭލާ ފަނާންޑޭޒް އާއި ބައްދަލުކުރި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. މި ދެ ސެޓު އެމާ ގެންދިޔައީ 6-4 އަދި 6-3 އިންނެވެ.

މިއީ 1997 ވަނަ އަހަރަށްފަހު އިނގިރޭސި އަންހެން ޓެނިސް ކުޅުންތެރިއަކު ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި އެމާ ވެގެން ގޮސްފައިވަނީ ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރި އިނގިރޭސިވިލާތުގެ އެންމެ ހަނގު ކުޅުންތެރިޔާ އަށެވެ.

ދާދިފަހުން ދާދި ފަހުން އޭ ލެވަލް ޓެސްޓްތައް ހަދައި ހިސާބުން އޭ އަދި އިކޮނޮމިކްސް އިން އޭ ސްޓާ ހޯދި އެމާ
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުޅުނު އެއްވެސް މެޗަކުން އެންމެ ސެޓެއް ގެއްލުވާ ނުލާކަން ފާހަގަކޮށްލެވެއެވެ.

މި މުބާރާތް ކާމިޔާބުކުރުމުން އެމާ އަށް 1.3 މިލިއަން ޕައުންޑްގެ ފައިސާގެ އިނާމު ލިބިފައިވާއިރު، ޓެނިހުގެ ރޭންކިންގެ 23 ވަނަ އަށް އޭނާ މިހާރު ވަނީ އަރާފައެވެ. އެމާ އަކީ އިނގިރޭސި އަންހެން ކުޅުންތެރިންނަށް ބަލާއިރު ރޭންކިންގެ އެންމެ ކުރީގައި އުޅޭ ކުޅުންތެރިޔާ ވެސް މެއެވެ.