ސޯޝަލްމީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯއެއް އާންމުކުރި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.
ޓިކްޓޮކްގައި ބަރަހަނާ ވީޑިއޯއެއް އާންމުކުރި މީހެއްގެ މައްސަލަ ފެންމަތިވެފައިވަނީ މިމަހު ކުރީކޮޅުއެވެ.