Last Updated: March 29, 13:37
Friday, March 29, 2024
ޚަބަރު

ބޮމެއް ގޮއްވާލާނެކަމަށް އިންޒާރުދީ ލިޔުމެއް ނޫރު މިސްކިތުގެ ތަނބެއްގައި

އިންޒާރު ދީފައިވާ ލިޔުންކަމަށް ބުނެ ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯ--

މާލޭގެ ނޫރު މިސްކިތުގެ ތަނބެއްގައި ބޮމެއް ގޮއްވާލާނެ ކަމަށް އިންޒާރުދީ ލިޔުމެއް ލިޔެފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ނޫރު މިސްކިތުގެ ތަނބެއްގައި ލިޔެފައިވާ ލިޔުމުގައި "މިތަނުގައި ގަދަވާނީ ބަންގާޅީން" ކަމަށާއި، "އަހަރެމެން ބޭނުންގޮތެއް" ހަދާނެކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ބުނެފައިވަނީ ވަރަށް އަވަހަށް ބޮމެއް ގޮއްވާލާނެ ކަމަށާއި، އަދި ދިވެހި ގައުމު ސުންނާފަތި ކޮށްލާނެކަމަށެވެ.

މިކަން އިތުރަށް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފައިވެއެވެ.