Last Updated: June 25, 17:51
Thursday, June 25, 2026
ޚަބަރު

އިންޓަނޭޝަނަލް ޖެންޑާ ޗެމްޕިއަންގެ ލަގަބު މިނިސްޓަރު ޝާހިދުއަށް

އިންޓަނޭޝަނަލް ޖެންޑަރ ޗެމްޕިއަން ލަޤަބު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއަށް އަރުވައިފިއެވެ.

މިނިސްޓަރު ޝާހިދުއަށް މި ލަގަބު އަރުވާފައިވަނީ ނިއުޔޯކްގައި ތިއްބަވާ އަންހެން ސަފީރުންނާއެކު މިނިސްޓަރ ޝާހިދު ބޭއްވެވި ބައްދަލުވުމެއްގައެވެ.

ސަފީރުން ވަނީ މިންތީގެ ހަމަހަމަކަން ޤާއިމްކޮށް، އދގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހަކީ މިންތީގެ ހަމަހަމަކަން ޤާއިމް ކުރެވިފައިވާ އޮފީހަކަށް ހައްދަވާނެކަމަށާއި، އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނީ ހަމައެކަނި މިންތީގެ ހަމަހަމަކަން ޤާއިމްވެފައިވާ ޕެނަލްތަކުގައި ކަމަށް މިނިސްޓަރ ޝާހިދު ވެވަޑައިގެންނެވި ވައުދު ފާހަގަކުރައްވާފައެވެ.

އަދި މިންތީގެ ހަމަހަމަކަމާއި ޖިންސީ ފުރައްސާރައިން ރައްކާތެރިވުމާ ގުޅޭ ތަމްރީންތައް ފުރިހަމަކުރުމަށް އެމަނިކުފާނުގެ އޮފީހުގެ މުވައްޒަފުންނަށް މަޖުބޫރުވާނެކަމަށް ނިންމެވި ނިންމެވުމަށްވެސް ސަފީރުން ވަނީ މަރުހަބާ ވިދާޅުފައެވެ.