ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ފުލުހަށް ހުށަހެޅިފައިވާކަމަށެވެ.
އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިއީ މީހަކު އޭނާގެ ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެކެވެ.