Last Updated: June 25, 13:55
Thursday, June 25, 2026
ޚަބަރު

ހައްޔަރުގައި ހުރި މީހަކަށް އަނިޔާކުރި ފުލުހުންތަކަކަށް ދައުވާކުރުމަށް ހުށަހަޅައިފި

މެމްބަރު މުހައްމަދު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވައްކަމުގެ ތުހުމަތުގައި ލ. ކަލައިދޫން ހައްޔަރުކުރި މީހަކަށް އަނިޔާކުރި މައްސަލައިގައި ހިމެނޭ ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށްފަހު ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުގައި ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ހުށަހަޅައިފިއެވެ.

241 ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވާ މި މައްސަލައަކީ، ސެޕްޓެމްބަރު 6، 2020 ގައި ލ. ކަލައިދޫ މޫނިމާގެއިން ވައްކަން ކުރި ކަމުގެ ތުހުމަތުގައި އެ ރަށު ސުވީޓްހާޓްގޭ އަހުމަދު ސިރާޖު ހައްޔަރު ކުރުމަށް ފަހު ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން އޭނާއަށް އެކި ވަރުގެ އަނިޔާކުރި މައްސަލައެއް އޭނާގެ ފަރާތުން ފުލުހަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބަލާފައިވާ މައްސަލައެކެވެ.

އަނިޔާ ލިބުނު ސިރާޖު އިސްދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް ކޮޓަރިއަކަށް ވެއްދުމަށް ފަހު އަނިޔާކޮށްފައިވާ ކަމަށާއި އެއީ އޭނާ ގޭގައި އުޅެނިކޮށް ލިބުނު އަނިޔާތަކެއް ކަމަށް އެއްބަސް ނުވަނީސް ދޫކޮށްނުލާނެ ކަމަށް ފުލުހުން ބުނި ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުހުން އެކަމަށް އިންކާރުކުރާ ކަމަށާއި ނަމަވެސް އެ މައްސަލަ ތަހުގީގު ކުރުމުން، ސިރާޖަށް ލިބިފައިވާ އަނިޔާތަކަކީ އިސްދޫ ޕޮލިސް ސްޓޭޝަނަށް އޭނާ ގެންދިޔުމަށް ފަހު ލިބުނު އަނިޔާތަކެއްކަން އެނގޭ ކަމަށް މިމައްސަލައިގައި ފުލުހުން ބަލާފައިވާ ބެލުންތަކުންވެސް އެނގޭކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

241 ކޮމިޓީގެ ރިޕޯޓްގައި ހުށަހަޅާފައިވާކަންކަމުގެ ތެރޭގައި ބުނެފައިވަނީ، ސިރާޖުއަށް ލިބިފައިވާ ބައެއް އަނިޔާތަކަކީ އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ލިބިފައިވާ އަނިޔާތަކެއްކަން މައްސަލައާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ ފަރާތުން ކުރިއަށްގެންދިޔަ ތަހުގީގުން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބަޔާންކޮށްފައިވާތީ އެކަމުގެ ޖިނާއީ ތަހުުގީގެއ ްުރުމަށްފަހު ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމަށް ފުލުހުންގެ ހިދުމަތަށް ހުށަހެޅުމަށެވެ.