ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ބުނެފައިވަނީ އައްޑޫސީޓީ، ފުވައްމުލަކުސިޓީ ހިމެނޭ ސަރަހައްދުގައި 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، މި މައްސަލައިގެ ތުހުމަތު ކުރެވެނީ ފުލުހަކަށެވެ.