Last Updated: September 28, 15:53
Tuesday, September 28, 2021
ޚަބަރު

ރާއްޖެއައި ފަތުރުވެރިންގެ އަދަދު 809،000 އިން މަތީގައި

ރާއްޖެ އައި ފަތުރުވެރިންތަކެއް - ފޮޓޯ: ވެލާނާ އެއާޕޯޓު

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 809،000 އިން މައްޗަށް އަރާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 13 ވަނަ ދުވަހާއި ހަމައަށް ރާއްޖެއައި ފަތުރުވެރިންގެ އަަދަދު ވަނީ 809،764 އަށް އަރާފައެވެ.

މިއަހަރު އެކި މަސްތަކުގައި ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާ ގޮތަށް ބަލާއިރު ޖަނަވަރީ މަހު 92،103 ފަތުރުވެރިން، ފެބްރުއަރީ މަހު 96،882 ފަތުރުވެރިން، މާރޗް މަހު 109،585 ފަތުރުވެރިން، އޭޕްރީލް މަހު 91،200 ފަތުރުވެރިން، މޭއި މަހު 64،613 ފަތުރުވެރިން، ޖޫން މަހު 56،166 ފަތުރުވެރިން، ޖުލައި މަހު 101،818 ފަތުރުވެރިން، އޮގަސްޓް މަހު 143،599 ފަތުރުވެރިން އަދި ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް 53،798 ފަތުރުވެރިން އައިސްފައިވެއެވެ.

ރާއްޖެއަށް މިހާތަނަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ރަޝިޔާއިންނެވެ.