މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ޒައީމްގެ މަގާމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކުރިމަތިލައްވައިފިއެވެ.
ރައީސް މައުމޫން އެމްއާރްއެމްގެ ޒައީމްގެ މަގާމަށް ކުރިމަތިލައްވާފައިމިވަނީ އެމް.އާރް.އެމް ގެ ނޭޝަނަލް ކޮންވެންޝަންގައި އިންތިޚާބުކުރާ ޕާޓީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުންނެވެ.
Today I submitted my candidature for the position of MRM ge Zaeem in the forthcoming elections to be held on 2 October 2021. pic.twitter.com/U4jU0ecKA8
— Maumoon Abdul Gayoom (@maumoonagayoom) September 15, 2021
އެމްއާރްއެމްގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 16 ސެޕްޓެމްބަރުގެ 16:00 އާ ހަމައަށެވެ.
އެމްއާރްއެމްގެ ކުރިމަތިލުމަށް ހުޅުވާލާފައިވާ މަގާމުތަކުގެ ތެރޭގައި ޕާޓީގެ ޒައީމު، ޕާޓީގެ ރައީސް، ޕާޓީގެ ނައިބު ރައީސް، ޕާޓީގެ ނައިބު ރައީސް (އަންހެން)، އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުން، ޒުވާނުންގެ ކައުންސިލް އަދި އަންހެނުންގެ ކައުންސިލް ފާހަގަކުރެވެއެވެ.
އެމް.އާރް.އެމް ގެ ނޭޝަނަލް ކޮންވެންޝަންގައި އިންތިޚާބުކުރާ ޕާޓީގެ އަސާސީ ޤަވާއިދުގައި ބަޔާންކޮށްފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ޕާޓީގެ މެންބަރުންނަށް ފުރުޞަތު ހުޅުވާލުން! pic.twitter.com/36YLl3ojZv
— Maldives Reform Movement (MRM) 🇲🇻 (@MRM_Office) September 9, 2021
އެމްއާރްއެމްގެ ފުރަތަމަ ނޭޝަނަލް ކޮންވެންޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 2 ވަނަ ދުވަހުއެވެ.