Last Updated: June 24, 11:45
Wednesday, June 24, 2026
ޚަބަރު

އިހުތިޖާޖުގައި ބައިވެރިވުމުން އެޅި ފިޔަވަޅަކީ ނަސޭހަތްދިނުން

ޔާމީން އިހުތިޖާޖުގެ ބައިވެރިންނަށް ހިތްވަރު ދެއްވަނީ - ފޮޓޯ: ޓްވިޓާ

އިދިކޮޅު ޕީޕީއެމް ޕީއެންސީން "އިންސާފު ހޯދަން" ނަމުގައި މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގައި، ގެކޮޅުގައި ހުންނަވާ ނުސީދާކޮށް، ބައިވެރިވި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނަސޭހަތް ދީ މައްސަލަ ނިންމާލައިފިއެވެ.

ގެކޮޅުގައި ހުންނަވާ ކުޑަދޮރުން ބޭރަށް ބޯދިއްކޮށްގެން ހުރި ދިވެހި ދިދައާއި ޕާޓިގެ ދިދަ ރައީސް ޔާމީން ވިހުރުވާ މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ދެއްވާފައިވެއެވެ.

އެކަމާ ގުޅިގެން ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވީ ޔާމީން ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށާއި އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ކަރެކްޝަންސް އިން ބުނެފައިވަނީ މުޒާހަރާގައި ބައިވެރިވުން ރަމްޒުކޮށްދޭ ފަދަ އަމަލެއް ނުހިންގުމަށް އަންގާ ލިޔުމުން ނަސޭހަތްދީފައިވާކަމަށެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ޔާމީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރީ ކ.މާފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ކަމަށެވެ. ނަމަވެސް މިހާރު ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވިފައިވާއިރު އަނބުރާ ޖަލަށް ގެންދާނެ ދުވަހެއްވެސް ކަރެކްޝަނުން ހާމަކޮށްފައެއްނުވެއެވެ.