Last Updated: June 24, 11:45
Wednesday, June 24, 2026
ޚަބަރު

މާލެ ސިޓީ ކައުންސިލުން ވެމްކޯ ދޮރުމައްޗަށް ކުނި އަޅައިފި

މާލެސިޓީ ކައުންސިލުން ވެމްކޯ ކުނިއެއްކުރާ އޮފީސް ދޮރުމައްޗަށް ކުނި އަޅައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއެއްގައި ފެންނަނީ މާލެސިޓީ ކައުންސިލްގެ ވެހިކަލެއްގައި ހުރި ކުނިތަކެއް ވެމްކޯގެ ދޮރުމައްޗަށް އެޅުމަށްފަހު އެސަރަހައްދު ދޫކޮށް ދާމަންޒަރެވެ.

ސިޓީ ކައުންސިލުން މިގޮތަށް އަމަލުކޮށްފައިވަނީ ރޭ މާލޭގެ ބައެއް ގެތަކުން ކުނި ނުނަގާކަމުގެ ޝަކުވާ ސޯޝަލްމީޑިއާގައި އިތުރުވުމުން ސިޓީކައުންސިލުން އެ ކުނި ނެގުމަށްފަހުއެވެ.

މިމައްސަލައިގައި ސިޓީ ކައުންސިލުން އަދި ވެމްކޯއިންވެސް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ރެއިން ފެށިގެން އެޕާޓްމެންޓްތަކުން ކުނި ނަގަން ފެށުމާ އެކު ރަޖިސްޓްރީ ނުކޮށް ހުރި ބައެއް އެޕާޓްމެންޓްތަކުން ކުނިތައް ވަނީ މަގުމައްޗަށް ނެރެފަ އެވެ.