Last Updated: June 13, 02:24
Friday, June 12, 2026
މުނިފޫހިފިލުވުން

"ކިލް ދިލް" ގައި އަލީ، ޕަރިނީތީ އަދި ރަންވީރް

ޔާޝްރާޖް ފިލްމްސް އަށް ކާމިޔާބް ފިލްމްތަކެެއް ޑައިރެކްޓްކޮށް ދީފަައިވާ ޝާދް އަލީގެ އާ ފިލްމް "ކިލް ދިލް" ގެ މަސައްކަތް އޮކްޓޯބަރު މަހުގެ ތެރޭގައި ފަށައި 2014 ގައި ބެލުންތެރިންނާ ހަމައަސް ގެނެސްދޭ ގޮތަށް ނިންމައިފި އެވެ.

ޔާޝްރާޖުން ވެސް ވަނީ އެކަން ކަށަވަރުކޮށް، ސްޓޭޓްމަންޓެއް ވެސް ނެރެފަ އެވެ. އެހެން ނަމަވެސް ފިލްމާ ބެހޭ މާ ބޮޑު ތަފުސީލެއް އެ ކުންފުނިން ނުދެ އެވެ.

"ސާތިޔާ"، "ބަންޓީ އޯރް ބަބްލީ" އަދި "ޖޫމް ބަރާބަރު ޖޫމް" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ޝާދްގެ "ކިލް ދިލް" ތަރިންނަކީ ޕަރިނީތާ ޗޯޕްޅާ އާއި ރަންވީރު ސިންގްގެ އިތުރުން އަލީ ޒަފަރު އެވެ. މި ތިން ތަރިން ވެސް މީގެ ކުރިން ވަނީ ޔާޝްރާޖްގެ ޕްރޮޑަކްޝަންތަކުން ފެނިފަ އެވެ. ފާހަގަކޮށްލެވޭ އެެއް ކަމަކީ ޕަރިނީތީ އާއި ރަންވީރު ލޯންޗް ކުރީ ވެސް ޔާޝްރާޖުން ކަމެވެ. ޕަރިނީތީ ލޯންޗް ކުރީ ރަންވީރުގެ ދެވަނަ ފިލްމް "ލޭޑީޒް ވާސަސް ރިކީ ބާލް" އިންނެވެ. ރަންވީރު ލޯންޗްކޮށްފައި ވަނީ އަނުޝްކާ ޝަރުމާ އާ އެކު "ބޭންޑް ބާޖާ ބާރާތު" އިންނެވެ.

އަލީ ވަނީ 2011 ވަނަ އަހަރު ނިކުތް އެ ކުންފުނީގެ "މެރޭ ބްރަދާ ކީ ދުލްހަން" ގައި އިމްރާން ހާނާއި ކެޓްރީނާ ކެއިފް އާ އެކު މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.