ސ. ހިތަދޫ މާމެންދޫ ސަރަހައްދުގައި ކައުންސިލުން އިމާރާތްކޮށްފައިވާ ގޭގެ ނީލަމްގެ އަގަށް 350،000 ރުފިޔާ ހުށަހަޅާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު 50،000 ރުފިޔާގެ ނީލަމަށް ފެށި މާމެންދޫ 355 ނަންބަރު ބްލޮކްގެ 512 ނަންބަރު ގޯތީގައި ކައުންސިލުން އިމާރާތްކޮށްފައި ވަނީ ދެ ކޮޓަރި އާއި ސިޓިން ރޫމްއެކެވެ. މިގެ ގަތުމަށް ގިނަ ބަޔަކު އަންނަނީ އަގު ހުށަހަޅަމުންނެވެ.
ކައުންސިލުން ބުނީ ނީލަމުން ގެ ލިބޭފަރާތަކަށް ގެ ހިމެނޭ ބިން ބަންޑާރަ ބިމުގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭނެކަމަށެވެ. އަދި އެގޮތުން ބިން ރަޖިސްޓްރީކޮށް ދެވޭނީ ބިމާ ބެހޭ ގާނޫނުގެ 18 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކަށް ކައުންސިލުން ބުނެފައިވެ އެވެ.
މި ގެ ބަލަން ފަރާތްތަކަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 10:00 އަށް ކައުންސިލް އިދާރާ އަށް ވަޑައިގަތުމުން ގެ ބެލޭނެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ.