Last Updated: June 24, 10:55
Wednesday, June 24, 2026
ޚަބަރު

ފިޔަވަތީގެ މައްސަލައިގައި އިދާރާތައް މަޖިލީހަށް

ސަންފޮޓޯ/ ފަޔާޒް މޫސާ

ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ މައްސަލަ ބޮޑުވެ ކަމާބެހޭ އިދާރާތައް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ހުޅުމާލެ ފިޔަވަތީގެ މައްސަލަ ބޮޑުވެ ރޭގެ ވަގުތުއްގައި އެތަނުގެ ކުދިންވަނި ފުރާޅުމައްޗަށް އަރާ އަޑުގަދަކޮށް ތަނުގައި ރޯވެސްކޮށްލާފައެވެ. އަދި ފިޔަވަތީގެ ހާލަތު ރޭ ގޯސްވެ ފުލުހުންނާއި ޖެންޑާގެ ފަރާތްތަކުގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނުންވެސް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ.

މިކަންތައްތަކާ ގުޅިގެން މަޖިލީހުގެ ޖެންޑާ ކޮމިޓީން ވަނީ ހޯމަ ދުވަހު ބާއްވާ އެ ކޮމިޓީގެ ޖަލްސާއަށް ކަމާބެހޭ އިދާރާތައް ހާޒިރުކޮށް މިކަމުގައި ކަންކަން ސާފުކުރުމަށް ނިންމާފައެވެ.

ހުޅުމާލޭގައިހުންނަ ފިޔަވަތި އަދި ވިލިގިނލީގައި ހުންނަ ކުޑަކުދިންގެ ހިޔާގެ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ. ފިޔަވަތީގައި ކަންކަން ހިނގާދިޔަ ގޮތުގެ ސަބަބުން ޖެންޑާ މިނިސްޓްރީއަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.