Last Updated: June 24, 10:55
Wednesday, June 24, 2026
ޚަބަރު

ސިވިލް ސާވެންޓުން ކަޅު ހެދުމުގައި އާދީއްތަ ދުވަހު އިހުތިޖާޖަށް

ވެލާނާގެ- ޑީއެންއާރު ހުންނަނީ ވެލާނާގޭގައި - ފޮޓޯ: ވީނިއުސް

ސިވިލް ސާވިސް މުވައްސަފުން އިހުތިޖާޖް ކުރުމުގެ ގޮތުގައި އާދީއްތަ ދުވަހު ކަޅު ހެދުމުގައި ވަޒީފާއަށް ނިކުތުމަށް ނިންމައިފިއެވެ.

ދިވެހި ސިވިލް ސާވެންޓްސް އެސޯސިއޭޝަނުން އިންތިޒާމުކުރާ މި އިހުތިޖާޖު މުޅި ރާއްޖޭގައި ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

ސިވިލް ސާވެންޓުން އިހުތިޖާޖެއް ރާވައިމިވަނި އެ ފަރާތްތަކުގެ ގިނަ ކަންބޮޑުވުންތަކެއް ހުރެ އެކަމަށް ހައްލެއް ނުލިބި ގިނަ ދުވަސްވުމުންކަމަށް އެ ފަރާތްތަކުން ބުނެއެވެ.

އެގޮތުން ފާހަގަކުރާ ކަންކަމުގެ ތެރޭގައި ސެޓްފިކެޓަަށް ވަޒީފާގެ ކުރިއެރުން ދިނުމާއި، ލިވިން އެލަވެންސް ދިނުމާއި، އެންމެ ކުޑަ އުޖޫރަ ހަމަޖެއްސުމުގެ ކަންކަން އަވަސްކުރުމުގެ އިތުރުން މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުން ހިމެނެއެވެ.

އާދީއްތަ ދުވަހު ކަޅު ހެދުމުގައި ވަޒީފާއަށްނިކުމެ އިހުތިޖާޖު ކުރުމަށްފަހު އެކަމަށް ސަރުކާރުން ޖަވާބެއް ނުލިބިއްޖެނަމަ ހޯމަ ދުވަހު މަސައްކަތްތައް ހުއްޓާލާނެކަމަށް ބުނެފައިވެއެވެ.