Last Updated: June 30, 09:26
Tuesday, June 30, 2026
ސިޔާސީ

މެޓްރިކްސް މޯޑް ޕީޕީއެމަށް!

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ކަން ކުރައްވަމުން އަންނަ ހިތަދޫ ވެލްކަމް، މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ސަރުކާރު ހިންގާ ޕީޕީއެމަށް ގުޅިވަޑައިގެންފި އެވެ.

މޯޑު ޕީޕީއެމާ ގުޅިވަޑައިގަތީ މިއަދު ހަވީރު ނަސަންދުރާ ޕެލަސް ހޮޓަލުގައި ޕީޕީއެމްގެ ފަރާތުން ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ.

ހިތަދޫ މެދު ދާއިރާއިން ކުރިއަށް އޮތް ރައްޔިތުންގެ މަޖީލުހގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައިވާ މޯޑު މިއަދު ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނު ތުރީލައިންވިޕާ ހިލާފަށް ވަޒީރުންނަށް ރުހުން ދީފަ އެވެ.

އެ ސަބަބާ ހެދި އެމްޑީޕީގެ ގިނަ މެމްބަރުންގެ ނުރުހުން މޯޑު އަށް ވަނީ އަމާޒުވެފަ އެވެ.

މޯޑަކީ ފެބްރުއަރީ 8، 2012 ގައި އައްޑޫގެ ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތައް ރޯކުރި މައްސަލާގައި ދައުލަތުން ދައުވާ ކުރާ މީހެކެވެ.