Last Updated: June 24, 10:55
Wednesday, June 24, 2026
ޚަބަރު

ހެއްކާބެހޭ ބިލުގެ ބަހުސް މަޖިލީހުގައި ފަށައިފި

ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ

"ހެއްކާބެހޭ ބިލު"ގެ ބަހުސް ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީއެވެ.

މި ބިލުގައި ވަނީ ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކިބަސް ނެގުމާއި، ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައަޅާފައެވެ.

މީގެއިތުރުން މި ބިލުގައި މަދަނީ މައްސަލަތަކުގައާއި ޖިނާއީ މައްސަލަތަކުގައާއި އިސްލާމްދީނުގައި ހައްދު އަދި ޤިސާސް ކަނޑައެޅިފައިވާ ކުށްތައް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުމާއި، ސާބިތުކުރުމުގެ ޒިންމާއާގުޅޭ އުސޫލުތައް ކަނޑައަޅާފައިވެއެވެ. ހެއްކާބެހޭ ބިލުގައި ހެކި ހުށަހެޅުމަކާ ނުލައި، ސާބިތުވެގެންވާ ކަންކަމުގެ ގޮތުގައި ކޯޓުން ބަލައިގަންނާނެ ކަންކަން ބަޔާންކޮށްފައިވާއިރު ހެކީގެ ގޮތުގައި ހުށަނޭޅޭނެ، އިމްތިޔާޒު ލިބިގެންވާ ކަންކަން ބަޔާންކޮށްފައިވެއެވެ. އަދި އެނޫންވެސް ހެއްކާބެހޭ އާންމު އުސޫލުތައް ވެސް ކަނޑައަޅާފައިވެއެވެ.

މި ބިލަށް ވާހަކަ ދައްކަވަމުން އަންނަ ބައެއް މެމްބަރުން ވަނީ މި ބިލަކީ މީގެ ކުރިން މަޖިލީހުގެ އެކި ދައުރުތަކަށް ހުށަހަޅާފައިވާ ބިލުކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި ބިލަށް ބޮޑެތި ބަދަލުތައް އަންނަންޖެހޭކަމަށްވެސް ވާހަކަދެއްކި ބައެއް މެމްބަރުން ބުނެފައިވެއެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުން ގެންދާ 1976 ގެ 7 މާއްދާގެ މައްޗަށް އެކުލެވޭ ހެއްކާބެހޭ ޤާނޫނެކެވެ.