އިކޮނޮމިކް މިނިސްޓްރީގެ ނައިބަކަށް މަޝްހޫރު ގާނޫނީ ވަކީލް، ސ.މީދޫ، ވިޓޯރިއާ، މުހައްމަދު އިޔާސް ރައީސް ޔާމީން މިއަދު ހަމަޖައްސަވައިފި އެވެ.
މޯލްޓާ ޔުނިވާސިޓީން އިންޓަނޭޝަނަލް މެރިޓައިމް ލޯއިން މާސްޓާސް ހައްދަވާފައިވާ އިޔާސް މީގެ ކުރިން ވަނީ އެޓާނީ ޖެނެރަލް އޮފީހުގައިވެސް މަސައްކަތް ކުރައްވާފައެވެ.
އިޔާސް މިއަދު ވިދާޅުވީ އޭނާ އައްޔަން ކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީގެ ރެޖިސްޓްރާ އޮފް ކޮމްޕެނީގެ މަގާމަށް ކަމަށެވެ. މި މަގާމަކީ މިނިސްޓަރުގެ ނައިބް ފެންވަރުގެ މަގާމެކެވެ.
ރައީސް ޔާމީން ވަނީ އެންވައިރަމެންޓް މިނިސްޓްރީގެ ނައިބަކަށް ހިތަދޫ މުދިންގެ، އަޠްހަރު ހަލީމްވެސް މީގެ ކުރިން ހަމަޖައްސަވާފައެވެ. މި ދެބޭފުޅުންނަކީވެސް އުމުރުގެ ގޮތުން ވަރަށް ޒުވާން ދެބޭފުޅުންނެވެ.