އައްޑޫ ސިޓީ ހިތަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ މެންދުރު މެންދުރު 12:08 ގައި ތޫނުއެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވަނީ 29 އަހަރުގެ ފިރިހެނެކެވެ.
އެ މައްސަލައާ ގުޅިގން މީހަކު ހައްޔަރުކޮށްފައިވޭތޯ "އައްޑޭލައިވް"އިން ސުވާލުކުރުމުން ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ރޭ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރު ކޮށްފައިވަނީ 31 އަހަރު ދިވެހި ފިރިހެނެއްކަމަށްވެސް ބުނެފައިވެއެވެ.
މި މާރާމާރި ހިނގާފައިވަނި ހިތަދޫ ފްލެޓެއްގެ ތެރޭގައި އެވެ.
މީގެއިތުރުން ހުކުރު ދުވަހުގެ ރޭގައިވެސް އައްޑުގައި ދެމީހަކަށް ތޫނުއެއްޗަކުން ހަމަލާދި ޒަހަމު ކޮށްލާފައިވެއެވެ. ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި އަދި މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތު ލިބިފައިނުވާކަމަށެވެ.