މިއަހަރު މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 12.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައި ވާގޮތުން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 16 ގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 12.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
ރިޕޯޓުން ދައްކާގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 15.4 ބިލިއަން ރުފިޔާއެވެ.
މިއަހަރިގެ މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ 12.5 ބިލިއަން ރުފިޔާގެ ތެރެއިން 9.1 ބިލިއަން ރުފިޔާ ހިއްސާ ކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ.
ތަފާސްހިސާބު ދައްކާގޮތުން މި މުއްދަތުގައި ދައުލަތުގެ ހަރަދު ހުރީ 20.2 ބިލިއަން ރުފިޔާގައެވެ.