ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑިސީ)އިން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ 4000 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށްޓަކައި ދެ ލޯން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.
މިއަދު ސޮއި ކުރެވުނު 2 ލޯނު އެއްބަސްވުމަކީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ އެން.ބީ.ސީ.ސީ ލިމިޓެޑްއާއި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑް އާއި އާއިއެކު އެފް.ޑީ.ސީގެ ފަރާތުން ސޮއި ކުރެވިފައިވާ އީ.ޕީ.ސީ ކޮންޓްރެކްގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 4000 ސޯޝަލް ހައުސިންގ ޔުނިޓްތައް ތަރައްގީ ކުރުމަށްޓަކައި ސަރުކާރުގެ ސަވަރިންގ ގެރެންޓީގެދަށުން ހަމަޖެހިފައިވާ ދެ ލޯނު ކަމަށް އެފްޑީސީން މައުލޫމާތުދެއެވެ.
މިއީ އެން.ބީ.ސީ.ސީ ލިމިޓެޑާއިކު ސޮއި ކުރެވިފައިވާ އީ.ޕީ.ސީ އެއްބަސްވުމުގެދަށުން ތަރައްގީކުރެވޭ 2000 ސޯޝަލް ހައުސިންގ ޔުނިޓް އާއި ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއިކު ސޮއި ކުރެވިފައިވާ އީ.ޕީ.ސީ އެއްބަސްވުމުގެދަށުން ތަރައްގީކުރެވޭ 2000 ސޯޝަލް ހައުސިންގ ޔުނިޓުގެ މަސައްކަތް ކަމަށާއި، މިއީ 116.45 މިލިއަން ޔޫއެސް ޑޮލަރު ގެ ލޯނަކާއި އަދި 110.5 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނެއް ކަމަށް އެފްޑީސީން މައުލޫމާތުދެއެވެ.
މި 2 މަޝްރޫޢުގެދަށުން އިމާރާތްކުރެވޭނީ 2 ކޮޓަރި އާއި 3 ކޮޓަރީގެ ހައުސިންގ ޔުނިޓްތަކެވެ. އޭގެތެރޭގައި 2 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާއެވެ. އަދި 3 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓޫ ހުންނާނެއެވެ.
ލޯން އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައިވަނީ ވާރޗުއަލްކޮށް ބޭއްވުނު ޙާއްސަ ރަސްމިއްޔާތެއްގައެވެ. އެފް.ޑީ.ސީ އަދި އެގްޒިމް ބޭންކުގެ އިތުރުން މިނިސްޓަރ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އޮނަރަބަލް ފައްޔާޒް އިސްމާއިލް، މިނިސްޓްރ އޮފް ފައިނޭންސް އޮނަރަބަލް އިބްރާހިމް އަމީރު، ރާއްޖެއަށް ކަނޑައަޅާފައިހުންނަ އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރު، މިނިސްޓަރ އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްރަކްޗާރ އަލްފާޞިލް އަކްރަމް ކަމާލުއްދީން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.