Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޑްރަގު މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހިތަދޫން މަރަދު އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިތަދޫގައި މަސައްކަތް ކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ދިރުވާލައިގެން ހުރިކަމުގެ ތުޙުމަތުގައި 36 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރީ މި މަހުގެ 29 ވަނަ ދުވަހު މެންދުރު 13:50 ހާއިރު ކަމަށެވެ.

އެހެން ނަމަވެސް އެ މީހުންނާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.