ހައި ސްޕީޑް ފެރީ ނެޓްވޯކްގެ ފުރަތަމަ އުޅަނދު ބާލައިފިއެވެ.
ރާއްޖޭގެ ޕަބްލިކް ފެރީ ނިޒާމަށް އިންގިލާބެއް ގެންނާނެ ހައި ސްޕީޑް ފެރީ ނެޓްކޯކްގެ ފުރަތަމަ އުޅަނދު ބާލާފައިވަނީ މިއަދުއެވެ.
އެކަމާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ވައުދު ފުއްދެވުމަށް އެމްޓީސީސީގެ ޓީމުން ކުރެއްވި މަސައްކަތް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅައިލުމަށް 17 ހައިސްޕީޑް ފެރީ އުޅަނދު ބޭނުންކުރާނެއެވެ.
އެގޮތުން ކޮންމެ އުޅަނދެއްގައި 50 ފަސިންޖަރުންނާއި 4 ކްރޫއާއި، 2 ފުރޮޅުލީ ގޮނޑިއާއި ބަލިމީހުން އުފުލާ ސްޓްރެޗަރއެއް ބެހެއްޓޭނެ ޖާގަ ހުންނާނެކަމަށް އެމްޓީސީސީން މީގެކުރިން ބުނެފައިވެއެވެ.
ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅައިލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު މަޝްރޫއުގެ ފްރޭމްވޯކް އެއްބަސްވުމުގައި އެމްޓީސީސީއާއި އެކު ސޮއި ކޮށްފައިވާއިރު މިއަހަރުގެ ތެރޭގައި ފެރީގެ ހިދުމަތް ފަށަން ހަމަޖައްސާފައި ވަނީ އެންމެ އުތުރުގެ ތިން އަތޮޅުގަ އެވެ. އެގޮތުން ހއ. އާއި ހދ. އަދި ށ. އަތޮޅުގެ 41 ރަށެއްގައި ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ފެރީގެ ހިދުމަތް ފެށިގެންދާނެ ކަމަށް އެމްޓީސީސީން މީގެކުރިން މައުލުމާތުދީފައިވެއެވެ.