Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ޖާބިރަށް ހަމަލާދީގެން މަތިވެރިން ހައްޔަރުކުރި މީހުންގެ ބަންދަށް 7 ދުވަސް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު - މަޖިލިސް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް އއ. މަތިވެރިން ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނަކާއި 42 އަހަރުގެ ފިރިހެނެކެވެ

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިއުމުން އެ ދެމީހުންގެ ބަންދަށްވެސް ވަނީ ހަތް ދުވަސް ދީފައެވެ.

ޖާބިރާ ދެކޮޅަށް މަތިވެރީގައި ރައްޔިތުން އިހުތިޖާޖު ކުރިފަހުން ޖާބިރު ވަނީ އެމްއެންޑީއެފްގެ ސެކިއުރިޓީ އޭނާއަށް ހަމަޖައްސައިދިނުމަށް މަޖިލީހުގައި އެދިފައެވެ. އަދި ޖާބިރު ސެކިއުރިޓީ ހަމަޖައްސައިދިނުމަށް މަޖިލީހުން ވަނި އެމްއެންޑިއެފްގައި އެދިފައެވެ.

މިފަހުން މަތިވެރިއަށް ޖާބިރު ދިއުމުން އެ ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ވަނީ ޖާބިރާ ދެކޮޅަށް އަޑުގަދަކޮށް އޭނާ ރަށުން ބޭލުމަށް ގޮވާލާފައެވެ. އެރަށު ރައްޔިތުންގެ ހިތްހަމަނުޖެހުން އެފެދިފައިވަނީ އެރަށުގައި ޖާބިރު ހިންގާ ހޮޓަލުގެ ބިމު ކުލި ކައުންސިލަށް ނުދައްކާތީ އާއި އެތަނުގައި މަސައްކަތްކުރި ފަރާތްތަކަކަށް ދޭންޖެހޭ މުސާރަ ނުދީ އޮތުމުންނެވެ.