Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

އައިފޯން13 އަށް ޕްރީއޯޑާ ކުރަން އަންނަ މަހު އުރީދޫއިން ހުޅުވާލަނީ

އުރީދޫ މެދުވެރިކޮށް އައިފޯން 13 އަށް އަންނަ މަހު ޕްރީ އޯޑަރކުރަން ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިމަހު 17 ގައި ބާޒާރަށްނެރުނު އައިފޯން13 އުރީދޫ މެދުވެރިކޮށް ޕްރީއޯޑާ ކުރަން ހުޅުވާލާނީ އަންނަ މަހު 8 ވަނަ ދުވަހުން ފެށިގެންކަމަށް އުރީދޫ "މޫލީ" މެދުވެރިކޮށް ކަމަށް މައުލޫމާތު ދީފައިވެއެވެ.

މިފަހަރު އައިފޯން13 ސްރީސްގެ ހަތަރު ފޯނެއް ނެރެފައިވާއިރު އޭގެތެރޭގައި ހިމެނެނީ، އައިފޯން 13 މިނީ، އައިފޯން 13، އައިފޯން 13 ޕްރޯ އަދި އައިފޯން 13 ޕްރޯ މެކްސް އެވެ.

މި ފޯނު ލިބެން ހުންނާނެ ކުލަ ތަކަކަކީ ޕިންކް، ބްލޫ، މިޑްނައިޓް އަދި ސްޓާލައިޓްއެވެ.