Last Updated: June 30, 09:21
Tuesday, June 30, 2026
ޚަބަރު

އާ އަހަރުގެ ތަހުނިޔާ "އައްޑޫލައިވް" ކިއުންތެރިންނަށް

މީލާދީ އާ އަހަރުގެ ތަހުނިޔާ "އައްޑޫ ލައިވް"ގެ އެންމެހާ ކިއުންތެރިންނަށް ވަރަށް އުފަލާ އެކު އަރިސް ކުރަމެވެ.

އާ އަހަރު ފާހަގަ ކުރަމުންދާ އިރު މި ނޫހަކީ ޖެނުއަރީ 1، 2013 ގައި ރަސްމީކޮށް އިފްތިތާހު ކުރި ނޫސް ސައިޓެކެވެ.

އެހެންވެ އާ އަހަރުގެ ތަހްނިޔާ އެކު ފާއިތުވި އެއް އަހަރު ތިޔަ އެންމެހާ ފަރާތަކުން "އައްޑޫ ލައިވް"އަށް ދެއްވި ތަރުހީބަށް އުފަލާ އެކު މަރުހަބާ ކިޔަމެވެ.

ނިމިގެން ދިޔަ 2013 ވަނަ އަހަރު އައްޑޫގެ ކުރިމަގަށް އަލި އަޅުވާލެވިގެން އެތައް ލިއުމެއް މި ނޫހުގައި ވަނީ ޝާޢިޢުކޮށްފައެވެ. އަދި އައްޑޫގެ ރައްޔިތުންނަށް ބޭނުންވާ އެތައް ކަމެއްގެ ވާހަކަ މި ނޫހުގެ ޒަރީއާއިން ކަމާއި ބެހޭ ފަރާތަކުގެ ސަމާލު ކަމަށް ވަނީ ގެނެވިފަ އެވެ. އަދި އެކަމުގެ ހެޔޮ ބަދަލު ވެސް ވަނީ ފެނިގޮސްފަ އެވެ.

އެހެންވެ ފާއިތުވި 2013 ވަނަ އަހަރުން އިބްރަތް ލިބި މިއަހަރު އިތުރު ކަންކަމަށް މި ނޫހުން ފާރަވެރިވެ، މި ސިޓީ ގެ ރައްޔިތުންނަށް އުފާ ފާގަތި ކަން ހޯދައި ދިނުމަށް "އައްޑޫ ލައިވް" ޓީމުން ވަނީ އިހްލާސްތެރިކަމާ އެކު މަސައްކަތް ކުރުމަށް ނިންމާފަ އެވެ. މިއީ މި ނޫހުގެ އަމާޒެވެ.

ފާއިތުވި 2013 ވަނަ އަހަރު ތިޔަ ކިއުންތެރިންގެ ފަރާތުން 6،000 އަށް ވުރެ ގިނަ ކޮމެންޓް ވަނީ ލިބިފަ އެވެ. އަދި އޭގެ ތެރިއިން ގަވާއިދުން މި ނޫހަށް ޒިޔާރަތްކޮށް ކޮމެންޓް ކުރާ 944 ފަރާތެއްވެ އެވެ.

އެހެންވެ އެ ހުރިހާ ފަރާތްތަކަށް ހާއްސަ ޝުކުރެެއް އަރިސް ކުރަމެވެ.

މީގެ އިތުރުން ފާހަގަކޮށްލަން ބޭނުންވާ ކަމަކީ "އައްޑޫ ލައިވް" އަށް ލިޔަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެ ފުރުސަތު ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ވާހަކަ އެވެ.