Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އެމްޑީޕީ މެމްބަރުން ކުރީ ގައުމީ ހިދުމަތެއް: ރައީސް ނަޝީދު

ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރެއްވުން -- ވީފޮޓޯ : އަހުމަދު ޝުރާއު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުން އިއްޔަ ކޮށްފައިވަނީ ގައުމީ ހިދުމަތެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރެއްވި ފަރާތްތަކަށް މަރުހަބާ ވިދާޅުވެފައެވެ. 

އަދި ވިދާޅުވީ ޑިމޮކްރަސީގެ ރޫހުގައި ކުރެއްވި މަސައްކަތަކީ ޕާޓީއަށާއި، ގައުމަށް ކޮށްދެއްވި މަތިވެރި ހިދުމަތެއްކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު އިއްޔަ ބާއްވާފައިވާއިރު އިންތިހާބުގައި ވާދަކުރެއްވި މިނިސްޓަރުންނާއި ކުންފުނިތަކުގެ އެމްޑީން ވަނީ އިންތިހާބު ކާމިޔާބުކުރައްވާފައެވެ.

އިންތިހާބުގެ ރަސްމީ ނަތީޖާ އަަދި އިއުލާނުކޮށްފައިނުވާއިރު ގިނަ ފަރާތްތަކަކުން ބުނަމުން އަންނަނީ މިހާރުގެ ނަތިޖާއިން އިންތިހާބު ކާމިޔާބު ކުރެއްވީ "ރައީސް ސޯލިހް ފެކްޝަން"ގެ ބޭފުޅުންކަމަށެވެ.