Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ސަފާރީއެއް އަޑިއަށްގޮސް 6 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ދިޔަވެ އަޑިއަށްދިޔަ ސަފާރީގައި ތިބި ހަ މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މިއދަު ހެނދުނު ބޮލިފުށި ކައިރިން މާލެއަށް ދަތުރުކުރި "ހޭންޑީ ކްރޫޒާ" ސަފާރީ، ވިއްސާރަވުމުގެ ސަބަބުން ދިޔަވެ އަޑިއަށް ގޮސްފައިވާކަމަށެވެ.

އެމްއެންޑިއެފުން ބުނެފައިވަނީ ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ސަފާރީން ދަތުރުކުރި 17 މީހުން މާލެ ގެނެސްފައިވާކަމަށާއި، އޭގެތެއިން 6 މީހަކަށް އައިޖިއެމްއެޗްގައި ފަރުވާދެމުން އަންނަކަމަށެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ މިއަދު ހެނދުނުގެ ވަގުތުގައި އޮރެންޖް އެލާޓް ނެރެފައިވާއިރު މިހާރު ވަނީ ބޮޑުވަޔަކަށް ޔެލޯ އެލާޓް ނެރެފައެވެ.