Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ފަނޑިޔާރު ފަރްހީޒާގެ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ނިންމައިފި

ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާއާއި ބެހޭގޮތުން ތަޙްޤީޤްކުރި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ނިންމައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފައިވަނީ 2021 ޖަނަވަރީ 10 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަހުޤީޤް ކުރުމަށް ނޯޓިސްދީފައިވާ ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް (މިހާރު ހައިކޯޓުގެ ފަނޑިޔާރު) ފަރްހީޒާގެ ސުލޫކީ މައްސަލަ، ތަޙްޤީޤްކުރެވި އެމައްސަލަ ސާބިތުނުވާކަމަށް ސެޕްޓެންބަރު 19 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ މިއަހަރުގެ 71 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައިވާކަމަށެވެ.

ފަނޑިޔާރު ފަރްހީޒާއާ ގުޅޭ ގޮތުން ތަހުގީގު ކޮށްފައިވަނީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ބޭއްވި ޝަރީއަތުގެ މަޖިލީހެއް ނިމުނީ ކަމަށް އިއުލާން ކުރެއްވުމަށްފަހު މައްސަލާގައި ހިމެނޭ ހަސްމަކާ ވަކިން ބައްދަލުކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ.