ވިއްސާރަވެ ކަނޑުގަދަވުމުގެ ސަބަބުން ދިޔަވެ އަޑިއަށްދިޔަ ސަފާރީން ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރެއިން އެކަކު ނިޔާވެއްޖެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މިއދަު ހެނދުނު ބޮލިފުށި ކައިރިން މާލެއަށް ދަތުރުކުރި "ހޭންޑީ ކްރޫޒާ" ސަފާރީ، ވިއްސާރަވުމުގެ ސަބަބުން ދިޔަވެ އަޑިއަށް ގޮސްފައިވާކަމަށެވެ.
އައިޖީއެމްއެޗްގެ ފަރާތުން "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ހާދިސާއާ ގުޅިގެން 7 މީހަކު އެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.
އޭގެތެރެއިން އެކަކު މަރުވެފައިވާކަމަށާއި، މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.
ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ މިއަދު ހެނދުނުގެ ވަގުތުގައި އޮރެންޖް އެލާޓް ނެރެފައިވާއިރު މިހާރު ވަނީ ބޮޑުވަޔަކަށް ޔެލޯ އެލާޓް ނެރެފައެވެ.