ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މުހައްމަދު ޝަހުބާން ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ޝަހުބާން ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ނިޔާވިއިރު އުމުރަކީ 53 އަހަރެވެ. ނިޔާވިއިރު ދުނިޔޭގައި ދެ ފިރިހެން ބޭފުޅުން އެބަތިއްބެވިއެވެ.
ޝަހުބާންގެ ކަށު ނަމާދު އޮތީ މިއަދު މެންދުރު 12:00 ޖަހާއިރު އާސަހަރާ މިސްކިތުގައެވެ.
ކުރީގެ މައްޝޫރު ގިނަ ލަވަތަކެއް ވިދާޅުވެފައިވާ ޝަހުބާން ފަހުން ހަރަކާތްތެރިވެފައި ވަނީ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްގެ މިއުޒިކް ގްރޫޕުގެ ޓެކްނިކަލް މީހެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައެވެ.