Last Updated: June 24, 06:11
Wednesday, June 24, 2026
ޚަބަރު

މ. މުލަށް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

މ. މުލަށް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާކަން އެމަސައްކަތްކުރާ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ މުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 60 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް 28 ސެޕްޓެމްބަރ ވަނަ ދުވަހު ފަށާފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 412 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއަކީ 17.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.